ޚުލާޞާ ތަފްސީރު

Image with QuranMV app screenshot

ވޮލިއުމް 3

އެގާރަވަނަ ފޮތުން ފެށިގެން ފަނަރަވަނަ ފޮތުގެ ނިޔަލަށް

ނޮވެލްޓީއިން ގަތުމަށް ދިވެހި ފޮތް އެޕުން ގަތުމަށް
Image with QuranMV app screenshot

ވޮލިއުމް 2

ހަވަނަ ފޮތުން ފެށިގެން ދިހަވަނަ ފޮތުގެ ނިޔަލަށް

ނޮވެލްޓީއިން ގަތުމަށް ދިވެހި ފޮތް އެޕުން ގަތުމަށް
Image with QuranMV app screenshot

ވޮލިއުމް 1

ފުރަތަމަ ފޮތުން ފެށިގެން ފަސްވަނަ ފޮތުގެ ނިޔަލަށް

ނޮވެލްޓީއިން ގަތުމަށް ދިވެހި ފޮތް އެޕުން ގަތުމަށް

ކިޔުންތެރިންގެ ޚިޔާލު

★★★★★

"މި ފޮތުގައި ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ ޚުލާޞާ ތަފްސީރު ބަޔާންކޮށްދެއްވާ ލިޔުއްވާފައިވަނީ ފުންކަމެއް އެކުލެވިގެންނުވާ، ތިލަ އަދި ސާފު ސާދާ އިބާރާތުންކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު. މި މަސައްކަތަކީ ދިވެހި އުންމަތަށް ގިނަގުނަ ފައިދާތަކެއް ކުރާނެ މަސައްކަތެއްކަމުގައި ލައްވާށި. އަދި ތިކުރައްވާ މަސައްކަތުގައި ބަރަކާތްލައްވާ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި. އާމީން"

- އައްޝައިޚް އަޙްމަދު ކުމައިލް -

★★★★★

"އަޅުގަނޑުމެންގެ އަޚް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ލިޔުއްވައިފައިވާ "ޚުލާޞާ ތަފްސީރު" އަކީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ޚުލާޞާ މާނަ ވަރަށް ތިލަކޮށް ފުރިހަމައަށް ގެނެސްދީފައިވާ ތަފްސީރެވެ. މިއީ އުސްތާޛު މަޙާޒު ކުރައްވައިފައިވާ ޝުކުރު ޙައްޤު، ބުރަ މަސައްކަތެއްކަން ޔަގީނެވެ. އަޅުގަނޑުގެ ދުޢާއަކީ މި ތަފްސީރުގެ ބާކީ ހުރި ބައިތައް ވެސް ނިންމެވުމުގެ ހެޔޮ ތައުފީޤު މާތް ﷲ އުސްތާޛު މަޙާޒަށް މިންވަރުކޮށް ދެއްވުމެވެ. އަދި މި ޢަމަލަކީ އުސްތާޛު މަޙާޒުގެ ހެޔޮކަމުގެ ފަތުގައި ލިޔެވިގެންދާ ޞަދަޤާ ޖާރިއާއެއް (ދެމިގެންދާ ޞަދަޤާތެއް) ކަމުގައި ލެއްވުމެވެ. އާމީން!"

- އަައްޝައިޚް ޝަފީޢު ޢަބްދުﷲ -

ސުވާލާއި ޖަވާބު

  • ޚުލާޞާ ތަފްސީރަކީ ކޮބާ؟
  • ޚުލާޞާ ތަފްސީރަކީ، ޢަރަބި ބަހުން ލިޔެފައިވާ އެންމެ ކުރު ތަފްސީރުތައް މައިގަނޑު މަޞްދަރަކަށް ބަލައިގެން ދިވެހި ބަހުން ލިޔަމުން އަންނަ ކީރިތި ޤުރުއާނުގެ ތަފްސީރެއް.

  • މި ތަފްސީރު ތަފާތުވާނީ ކިހިނެއް؟
  • ޚުލާޞާ ތަފްސީރު ތަފާތުވާ އެއްކަމަކީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތަފްސީރު ކުރުކޮށް ބުނެދީފައި އޮތުން. މީގެ އިތުރަށް ލަފުޒީ ތަރުޖަމާތަކުން ގިނަ ފަހަރަށް ފަރުދާވެފައި ހުންނަ އާޔަތްތަކުގެ މައުޟޫޢުތަކާއި ތަފުސީލުތައް ގެނެސްދީފައި އޮތުން. އަދި ތަފްސީރުގައި ޢަރަބި ލަފުޒުތައް ތާނައިން ލިޔެފައިވުމާއި، ވީހާވެސް ބޮޑަށް ދިވެހި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައި އޮތުމަކީ ވެސް މި ތަފްސީރުން ފާހަގަ ކުރެވޭ ކަންކަން.

  • ޚުލާޞާ ތަފްސީރު ބަހާލެވިފައިވަނީ ކިތައް ވޮލިއުމަށްތަ؟
  • މި ތަފްސީރު ބަހާލެވިފައިވަނީ 06 ވޮލިއުމަށް. ކޮންމެ ވޮލިއުމަކީ ކީރިތި ޤުރުއާނުގެ 05 ފޮތުގެ ތަފްސީރު.

  • މި ތަފްސީރަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާސްކޮށްފައިވާ ތަފްސީރެއްތަ؟
  • ޚުލާޞާ ތަފްސީރުގެ ކޮންމެ ވޮލިއުމަކީ ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ ވޮލިއުމެއް. އަދި ކޮންމެ ވޮލިއުމަކީ ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ގިންތި ކޮށްފައިވާ ވޮލިއުމެއް.

  • ތަފްސީރު ގަންނަން ލިބޭނީ ކޮންތަނަކުން؟
  • ޚުލާޞާ ތަފްސީރު ނޮވެލްޓީގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެ. އަދި ނޮވެލްޓީ ބުކްޝޮޕްގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ.

  • އޮންލައިންކޮށް ގަތުމުން ގެންގޮސްދޭނެތަ؟
  • ނޮވެލްޓީ ބުކްޝޮޕްގެ ވެބްސައިޓުން އޮންލައިންކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ތަނަކަށް ވެސް ޚުލާޞާ ތަފްސީރު ފޮނުވައިދޭނެ.

  • ޚުލާޞާ ތަފްސީރު ގަނޑުކޮށް (ހޯލްސޭލްކޮށް) ގަންނަން ލިބޭނެތަ؟
  • ގަނޑުކޮށްވެސް ގަންނަން ލިބޭނެ. 7995796 އަށް ގުޅާލުމުން ގަތުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ.

  • ތަފްސީރުގެ އީ-ފޮތެއް ލިބޭނެ ގޮތެއް ނެތްތަ؟
  • ތަފްސީރުގެ ޝާއިޢު ކޮށްފައިވާ ހުރިހާ ވޮލިއުމެއް "ދިވެހި ފޮތްއެޕް" އިން ލިބޭނެ.